މި އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި އަހަރުގެ ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް ރައީސް ކަނޑައަޅުއްވައިފި ކަމަށެވެ.

އެ ދުވަސް ތަކަކީ ފިތުރު އީދާއި ގުޅުގައިގެން އަންނަ މޭ މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހާއި ޖުލައި މަހުގެ 13 ވާ ބުދަ ދުވަހާއި 14 ވާ ބުރާސްފަތި ދުވަހާ އަދި ޖުލައި 28 ވާ ބުރާސްފަތި ދުވަހެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ ކުރިއަށް އޮތް މޭ މަހުގެ ދޭއްވާ ހޯމަ ދުވަހެވެ.

ފިތުރު ޢީދާއި ގުޅުވައިގެން މޭ މަހުގެ ފަސް ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން ފިތުރު ޢީދުގެ ބަންދަށް ޖުމުލަ އެއް ހަފްތާ ލިބޭނެއެވެ. އަދި ޖުލައި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހަކީ ވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމުން އަޟްހާ އީދު ބަންދަށް އަށް ދުވަސް ލިބޭނެއެވެ.

މީގެ އިތުރުން ޖުލައި މަހުގެ 28 ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ބަންދު ދުވަހުގެ ގޮތުގައި ޖުމުލަ ފަސް ދުވަސް ލިބޭނެއެވެ.