ރޭ ޅ. ނައިފަރުން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއްގައި އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
"ހުދުހުދު އެކްސްޕްރެސް" ކިޔާ ބޯޓަކުން ގެއްލިފައި ވަނީ ނައިފަރު، ދުނި، ހަމީދާ އަބްދުﷲ، 21 އެވެ. ހަމީދާ ގެއްލުނުކަން އެނގުނީ ބޯޓު ފުރައިގެން އެއަތޮޅު ކުރެންދުއާ ހިސާބަށް ދެވުނު ދެވުނު ފަހުން ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.
ހަމީދާ ގެއްލުނު މައުލޫމާތު އެމްއެންޑީއެފަށް ރޭ ދަންވަރު 30: 1 ގައި ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑާއި އެ ބޯޓުން ދަނީ ކުރަމުންނެވެ.