19 Apr 2022, 15:17
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ޓެން ހާގް އެއްބަސްވެއްޖެ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.
ޔުނައިޓެޑާ ހަވާލުވާން އޭނާ އެއްބަސްވެފައިވާއިރު، މި ވަގުތު ހުރީ އަޔެކްސްގެ ކޯޗުގެ މަގާމުގައެވެ.
ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވުމުގެ ކަންކަން އޮތީ މިހާރު އެންމެ ފަހުގެ މަރުހަލާގައެވެ. އަދި އެކަމަށްޓަަކައި ޔުނައިޓެޑާއި އޭނާއާ ދެމެދު އެެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ރޮމާނޯ ބުނެފައިވެއެވެ.
ޔުނައިޓެޑުން އެކަން އިއުލާންކުރާނީ ޓްރާންސްފާ ފީގެ ގޮތުގައި އަޔެކްސްއަށް ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރު ދެއްކުމަަށްފަހު ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި ޓެން ހާގާއެކު މަސައްކަތް ކުރުމަށް އެސިސްޓެންޓް ކޯޗުކަމާ ހަވާލުވުމަށް އެންމެ ގާތީ ނެދަލޭންޑްސްގެ މިޓްޗެލް ވެން ޑާ ގާގްއެވެ.
ޔުނައިޓެޑުން ޓެން ހާގް އާ ދެމެދު އެެއްބަސްވުން ހަދާފައިވާކަމަށާއި، ސޮއިކުރުމުގެ ކުރިން ހުރިހާ ކަމެއް މުޅިން ފައިނަލް ކުރާނެ ކަމަށް ވެސް ރޮމާނޯ ބުނެފައިވެއެވެ. އަދި އޭނާ ޔުނައިޓެޑާ ހަވާލުވާނެ ކަމަށް ލަފާ ކުރެވެނީ، 2025 ގެ ޖޫން އާ ހަމަައަށް ކަމަށް ވެސް ރޮމާނޯ ބުނެފައިވެއެވެ. އަދި ޔުނައިޓެޑުން ބޭނުންވާ ނަމަ، އިތުރު އެއް އަހަރު އޭނާ އެ ކުލަބުގައި ބަހައްޓާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ޓެން ހާގް އަޔެކްސްގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުުރުކޮށްފައެވެ.
އަޔެކްސް ވަނީ މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބެންފީކާ އަތުން ބަލިވެ މުބާރާތުން ކަޓައިފައެވެ.