18 Apr 2022, 11:56
ސަން ބަދިގެ ޕްރޮގްރާމްގައި ރަމަޟާން މަހުގެ 17 ވަނަ ދުވަހު މި ގެނެސްދޭ ޑިޝްއަކީ ކަށިކެޔޮ ބަތްޕެނެވެ. ހާރުދަން ގަޑީގެ ކެއުމުގައި ހިމަނާލަން ކަށިކެޔޮ ބަތްޕެން ވަރަށް ރަނގަޅުވާނެއެވެ.
ބޭނުންވާނެ ތަކެތި:
1 ޖޯޑު ކާށިކިރު
- 2 ޖޯޑު ފެން
- 1 މުށް ހަނޑޫ
- 5 ވައް ކަށިކެޔޮ (ކުދި)
- ބައި ޖޯޑު ހަކުރު
ތައްޔާރުކުރާނެ ގޮތް:
ކަށިކެޔޮ ބަތްޕެން ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ ކަށިކެޔޮތައް ތުނިކޮށް ކޮށާލާނީއެވެ.
ދެން ފެން ކެއްކުމަށްފަހު، ހަނޑޫ އަޅާނީއެވެ. އެއަށްފަހު ކަށިކެޔޮ އަޅާނީއެވެ.
އެބައިތައް ފެނުތެރޭގައި ރަނގަޅަށް ކައްކާލާނީއެވެ. އެއަށްފަހު ހަކުރު އަޅައި އެއްކޮށްލާނީއެވެ. ދެން ކިރުފޮދު އަޅާނީއެވެ. އެއަށްފަހު ހަލުވާލައި، ހުރިހާ އެއްޗެއް އެއްކޮށް ކައްކާލާނީއެވެ.
މިހާރު ހުންނާނީ ކަށިކެޔޮ ބަތްޕެން ތައްޔާރުކޮށް ނިމިފައެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ: ޒުހުރާ ދާވޫދު
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.