17 Apr 2022, 22:37
ސްޕެނިޝް ލަލީގާގައި މިރޭ އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވގުތުގެ ތރޭގައި ޔަނިޗް ކަރަސްކޯ ކާމިޔާބުކޮށްދިން ލަނޑާއެކު އެތުލެޓިކޯ މެޑްރިޑް މޮޅު ވެއްޖެެއެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗުން އެ ޓިމު މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ލަނޑުތައް ފެނިފައިވަނީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު އެތުލެޓިކޯއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މަތިއުސް ކުންހާ ދިން ބޯޅައަކުން ކަރަސްކޯއެވެ.
އެސްޕަންޔޯލްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ 71 ވަނަ މިނެޓުގައި އެތުލެޓިކޯގެ ކޮންޑޮގްބިއާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއް ކުޅުންތެިރޔަކު މަދުކޮށް އެތުލެޓިކޯއިން ކުޅެމުން ދަނިކޮށް އެސްޕަންޔޯލުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ 74 ވަނަ މިނެޓައި އެސްޕަންޔޯލަށް މި ލަނޑު ޖަހައިދީފައިވަނީ ރައުލް ޑީ ތޯމަސްއެވެ. އެ ލަނޑަށްފަގު ސެ ޓީމުން ވެސް ވަނީ އިތުރު ލަނޑެއް ޖަހުމަށް މަސައއްކަތްކޮށްފައެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވެ ރެފްރީވަނީ އިތުރު ވަގުތުގެ ގޮތުގައި ދިހަ މިނެޓު ދައްކާފައެވެ.
އިތުރު ވަގުތުގެ ތެރޭގައި އެތުލެޓިކޯ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ވެސް ކަރަސްކޯއެވެ. އެ ޓިމުގެ ފުރަތަަމަ ލަނޑު ވެސް ޖަހައިދިނީ އެނާއެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެތުލެޓިކޯއިން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފައެވެ. އެއީ 32 މެޗުން އެ ޓީމަށް ލިބޭ 60 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ބާސެލޯނާއާއި ތިން ވަނައިގައި އޮތް ސެވިއްޔާއަށް ވެސް ލިބެނީ 60 ޕޮއިންޓެވެ.