17 Apr 2022, 16:44
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކޮންކްރީޓް ޝީޓް ކެންޑުން ހުއްޓުވަން ޖެހޭކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވީޑިއޯއަކާއެކު ކޮށްފައިވާ ޓްވީޓެއްގައި ބްނެފައިވަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވެސް ހިޔާ ފްލެޓުން ކޮންކްރީޓް ޝީޓް ކެނޑުން ހުއްޓުވަންޖެހޭކަމަށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ޓެގް ކުރައްވާ ކުރި އެ ޓްވީޓުގައި މުއިއްޒު އެދިވަޑައިގަތީ ސަރުކާރުން ވީއެންމެ އަވަހަކަށް އެކަން ހުއްޓުވުމަށެވެ.
މުއިއްޒު ޓްވީޓްކުރި އެ ވީޑިއޯ އިން ފެންނަނީ ބިދޭސީ ދެ މީހަކު ހިޔާ ފްލެޓުގެ ކޮންކްރީޓް ޝީޓް ކަނޑައިގެން މަސައްކަތެއް ކުރާ ތަނެވެ.
Hiyaa Flat ge concrete slab kandamun dhanee.@hdcmaldivesaai sarukaarun mi kankan huttuvan masakkai kurumakee emmenge rakkaatherikamah kimmehen beynunvaa kameh.pic.twitter.com/cplG4fu0wq
— Dr Mohamed Muizzu (@MMuizzu)April 16, 2022
ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރަންޖެހޭ ގޮތުގެ އުސޫލެއް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައި ވާގޮތުންނަމަ ފްލެޓު ތެރޭގެ އެއްވެސް މަސައްކަތެއް ކުރެވޭނީ އެޗްޑީސީން ހުއްދަނަގައިގެންނެވެ. މީގެ އިތުރުން އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗާއަށް ބަދަލުގެނައުމަކީ މަނާކަމެއްކަމަށް އެ އުސޫލުގައި ވެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާގެ 16 ޓަވަރުގައި 7،000 ފްލެޓު ހުރެއެވެ. އޭގެތެރެއިން ގިނަ ފްލެޓްތަކުގައި މީހުން ދިރިއުޅެން ވަނީ ފަށައިފައެވެ. އެ ފްލެޓުތަކުގައި 30،000 އާބާދީއެއް ދިރިއުޅެއެވެ.