އޯޓިޒަމް އަށް ހޭލުންތެރިކަން އިތުރުކުރުމުކުގެ ޚާއްސަ ދުވަސް މި މަހު ފާހަގަކުރަމުންދާއިރު، އޯޓިޒަމް ހުންނަ ކުދިންގެ ފަރާތުން ފެންނާނެ އަލާމާތްތައް ދެނެގަތުމަކީ އެކުދިންނަށް އެހީވެދިނުމަށާއި، އެކުދިންނާ އެކު އުޅެވޭނެ މުޖުތަމައެއް ބިނާކުރުމަށް މުހިއްމު ކަމެކެވެ.

އޯޓިޒަމް އަކީ ކޮބާ؟

އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމެކެވެ. އޭގެ ސަބަބުން ކުއްޖާ މީހުންނާ މުވާސަލާތު ކުރުމުގައާއި އުޅުމުގައި އާންމު ކުުދިންނާ ވަރަށް ބޮޑު ތަފާތުތަކެއް ހުރެއެވެ.

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭ.އެސް.ޑީ) އަކީ ކުއްޖާގެ ހެދިބޮޑު ވަމުން އަންނައިރު އުމުރުގެ ކުރީކޮޅުގައި ދިމާވާ ކަމެކެވެ. އޯޓިޒަމް ގެ އަލާމާތްތައް ޅައުމުރުގައި ދެނެގަނެވޭނޭ ކަމެކެވެ. އެހެން ނަމަވެސް އުމުރުގެ އެހެން މަރުހަލާތަކުގައިވެސް ބަލި ދެނެގެވިދާނެއެވެ.

ޑައިގްނޯސްޓިކް އަދި ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑާސް (ޑީ.އެސް.އެމް) އޯޓިޒަމް، އަސްޕާގާސް އަދި ޕާވޭސިވް ޑިވެލޮޕްމެންޓް ޑިސްއޯޑާ (ޕީ.ޑީ.ޑީ)، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭ.އެސް.ޑީ)ގެ ތެރޭގައި ހިމެނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ޓްރީޓޮޕުން ދޭ ފަރުވާގެ ތެރެއިން --- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

'އޭ.އެސް.ޑީ' އެކި ކުދިންގެ ހުންނާނީ އެކި ވަރަށެވެ. އޭ.އެސް.ޑީ ހުންނަނަމަ ފެންނާނެ މައިގަނޑު ސިފަތަކަކީ، މީހުންނާ މުއާމަލާތް ކުރުމުގައި ތަފާތުތަކެއް ހުރުން، ބައެއް ކަންތައްތައް ތަކުރާރުކުރުމާއި އަދި އިހްސާސްތަށް ދެނެގަތުމަށް އުނދަގޫވުމެވެ.

އޭ.އެސް.ޑީ ހުންނަ މީހުން ތަފާތު އެކި ސިފަތައް ހުރެއެވެ. މިގޮތުން ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އޭ.އެސް.ޑީގެ ސިފަތައް އެކި ކުދިންގެ ތަފާތުވާނެއެވެ.

އޯޓިޒަމްގެ އާއްމު ސިފަތަކުގެ އިތުރުން ބައެއް މީހުންގެ ހިއްސުތަކުގެ މައްސަލަތަކާއި، ބައެއް ހިއްސުތައް ނުހިނގުމާއި އެންޒައިޓީ އާއި ޑިޕްރެޝަންފަދަ ނަފްސާނީ މައްސަލަތައް ހުރެއެވެ.

އޯޓިޒަމް މެދުވެރިވާ ސަބަބު

އޯޓިޒަމް މެދުވެރިވާ ސީދާ ސަބަބެއް ހޯދިފައެއް ނުވެއެވެ. ނިއުރޯސައިންސްގެ ދާއިރާގެ ދިރާސާތަކުން ފެންނަ ގޮތުގައި އޯޓިޒަމްގެ އަލާމާތްތަކާއި ނާރުގެ ނިޒާމާ ގުޅުން ހުންނަކަން ޔަގީންވެއެވެ.

ބެލެނެވެރިންނާއި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން، އޯޓިޒަމް ހުންނަށް ކުދިންނަށް ފަރުވާ ހޯދުމަށް ފަސޭހަވެއެވެ. ބެލެނެވެރިޔާއަށް، ނޫނީ ޓީޗަރަށް ކުއްޖާގެ ކިބައިން އޯޓިޒަމްގެ ސިފަތައް ފާހަގަކުރެވޭނަމަ، ފަރުވާ ހޯދުމަށް އަވަސްވެގަންނަންޖެހޭނެއެވެ. އަވަހަށް ފަރުވާ ލިބުމަކީ އަވަހަށް ބަލި ރަނގަޅުވުމަށް ނުވަތަ އަލާމަތްތައް ކުޑަ ކުރުމަށް މަގުފަހިވެގެންދާކަމެކެވެ.

ނަމަވެސް، ހަނދާން ބަހައްޓަން ޖެހޭ ކަމަކީ އެކި ކުދިންނަށް ލުއި ލިބޭ މިންވަރު ތަފާތުވާނެކަމެވެ.

އޯޓިޒަމް ހުންނަކުދިންނަށް ފަރުވާދޭ ހާއްސަ ޑޮކްޓަރުންގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ޑޮކްޓަރުން، އޮކިއުޕޭޝަން ތެރަޕިސްޓުން، ސްޕީޗް ތެރަޕިސްޓުން، ފިޒިއޯތެރަޕިސްޓުން، ސައިކޮލަޖިސްޓުން، ޚާއްސަ އެހީ ޓީޗަރުން އަދި ބިހޭވިއަރަލް ތެރަޕިސްޓުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް

ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ރޭވިފައިވާނީ ކުއްޖާ އެންމެ ފުރިހަމައަށް ދެނެގަނެ، އާއިލާގެ ބޭނުންތަކާއި ލަނޑުދަނޑިތައް ހިމަނައިގެންނެވެ.

ފަރުވާގައި ހިމެނޭ ކަންތައްތަކަކީ

· ސެންސަރީ އިންޓަގްރޭޝަން ތެރަޕީ

· އާންމު ދިރިއުޅުމުގެ ހަރަކާތްތަކުގެ ތަމްރީނުކުރުން

· ޕްލޭ ތެރަޕީ

· އިޖްތިމާއީ ހުނަރުތަކަށް ތަމްރީނުކުރުން

· ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ

· ސްކޫލް-ބޭސްޑް އިންޓަވެންޝަންސް

· ރެކްރިއޭޝަނަލް އަދި ވޮކޭޝަނަލް ރިހެބިލިޓޭޝަން

· މޮޓޯ ސްކިލްސް ޓްރެއިނިން (ގްރޮސް މޮޓޯ ފަންކްޝަންސް، މަސަލް ސްޓްރެންތެނިން ،ގޭޓް އަދި އެންޑިއުރަންސް ޓްރެއިނިން)

· ފައިން މޮޓޯ ސްކިލްސް (ލިޔުން)

· ސަމާލުކަން ދިނުން، އަޑުއެހުމުގެ ހުނަރުތައް

· ޑިވެލޮޕްމެންޓް އޮފް ޕްލޭ ސްކިލްސް

· މޯޓިވޭޝަން ޓު ކޮމިއުނިކޭޓް

· ސޯޝަލް އަންޑަސްޓޭންޑިން

· ބަސް ދެނެގަތުން

· އެކްސްޕްރެސިވް ކޮމިއުނިކޭޝަން ސްކިލްސް

· އިޖުތިމާއީ ހުނަރުތައް

· ނޮންވާބަލް ކޮމިއުނިކޭޝަން

· ކޮންވަޒޭޝަނަލް ސްކިލްސް

· ކޮންސެޕްޓް ސްކިލްސް

· މުވާސަލާތުގެ ވަސީލަތްތައް

އޯޓިޒަމް ހުންނަ ކުދިންނަށް ޓްރީޓޮޕުން ދޭ ފަރުވާގެ ތެރެއިން --- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ފޯރުކޮށްދެއެވެ.

އޮކިއުޕޭޝަނަލް ތެރަޕީގެ މަގުސަދަކީ މުޖުތަމައުގައި އެކަނި އުޅުމުގެ މިނިވަންކަން މަގުފަހިކޮށްދިނުމާއި، ކޮންމެ ދުވަހަކު ގޭގައާއި، ސްކޫލުގައި، އަދި މަސައްކަތު މާހައުލުގައި ދިމާވާ ދަތިތައް ކުޑަކޮށްދިނުމެވެ.

ސްޕީޗް ތެރަޕީ ޕްރޮގްރާމް ފެށޭނީ ސްޕީޗް ޕެތޮލޮޖިސްޓް (އެސް.އެލް.ޕީ) ކުއްޖާގެ ވާހަކަދެއްކުމުގެ ފެންވަރު ބެލުމަށް އެކި ޓެސްޓު ހެދުމަށްފަހުއެވެ. މި ޓެސްޓުގެ ނަތީޖާއަށް ބިނާކޮށް ތެރަޕީއަށް އެކުއްޖަކަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާނެއެވެ. ހާސިލްކުރާނެ އާއްމު ކަންތައްތަކުގެ ތެރޭގައި، ވާހަކަދެއްކުން ރަނގަޅުކުރުން، ނޮން ވަރބަލް ސްކިލްސް ސައިން ލެންގުއޭޖް ނުވަތަ ތަސްވީރުން ނޫނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުއާމަލާތް ކުރުމަށް ދަސްކޮށްދިނުން ހިމެނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަކީ މުޅި މުޖުތަމައާއި، ބެލެނެވެރިންނާއި، ސިއްހީ ދާއިރާގައި އުޅޭ މަސައްކަތްތެރިންގެ އެހީ އަދި އެއްބާރުލުމާއި ހިތްވަރު ލިބިގަންނަންޖެހޭ ކުދިންނެވެ.