އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭ ހަލާކުވެ އެއާޕޯޓުގެ އޮޕަރޭޝަންތައް ދެ ގަޑިއެއްހާއިރަށް މެދު ކަޑާލަން ޖެހިއްޖެ އެވެ.

އެއާޕޯޓް އޮޕަރޭޓްކުރާ ޖީއެމްއާރުގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ ރަންވޭ މަތިން ބައެއް ނައްޓާލީ މިއަދު މެންދުރު 1:30 އެހާއިރު ކަމަށާއި ރަންވޭ މަރާމާތުކޮށް އަލުން ހުޅުވުމަށް ހުއްދަ ލިބުނީ 3:30 އެހާއިރު ކަމަށެވެ.

"ކޮން ސަބަބަކާ ހުރެކަމެއް ނޭންގޭ. އެ ގަނޑީގައި އައި މޯލްޑިވިއަންގެ ބޯޓު ޖެއްސީމައި އަޅުގަނޑުމެން ރަންވޭ އިންސްޕެކްޓް ކުރީމައި އެކަން ފާހަނގަވެގެން ރަންވޭ ބަންދުކުރަން ޖެހުނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތަށް ދެ ގަޑިއެއްހާއިރަށް މެދުކަޑާލަން ޖެހުމުން ބައެއް އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫ އަރާ ބައެއް އެއާލައިންތަށް ޑައިވާޓް ކުރަން ޖެހުނު ކަމައްވެސް "ސަން" އާއި ވާހަކަދެއްކި އެއާލައިންތަކުގެ އޮފިޝަލުންބުންޏެވެ.

ޖީއެމްއާރުން ބުނީ އެއާޕޯޓުގެ އޮޕަރޭޝަންތައް އެއްވެސް މައްސަލައެއް ދިމާނުވެ މިހާރު ކުރިއަށްދާ ކަމަށާއި އެއާޕޯޓް ހުރި "ފުލީ އޮަޕަރޭޝަން"ގެ ހާލަތުގައި ކަމަށެވެ.