ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބިދޭސީ މީހަކަށް ހަމަލާދީ މަރާލައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަަމަލާ ދީފައި ވަނީ ހުޅުމާލޭގައި ހުންނަ، ޚާންޖީ ރެސްޓޯރެންޓުގައެވެ. އެ ހަމަލާ ދިނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ، ޕާކިސްތާނުގެ މީހެއް ކަމަށާއި ހަމަލާގައި މަރުވެފައި ވަނީ އެ ރެސްޓޯރެންޓުގެ ވެއިޓަރެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ ހުޅުމާލޭގެ ރެސްޓޯރެންޓެެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

މީގެ އިތުރުން، އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވި މީހާއަކީ ބަންގްލަދޭޝްގެ މީހަކެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހަމަލާ ދިން މީހާ ވަނީ ފިލާފައެވެ.