16 Apr 2022, 15:27
ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ 15 ވަނަ ދުވަހު މި ގެނެސްދޭ ޑިޝްއަކީ ބިސްކީމިޔާއެވެ. ރޯދަ ވީއްލާ ގަޑީގައި ސުފުރާމަތި ފަޅުފިލުވާލަން ބިސްކީމިޔާ ވަރަށް ރަނގަޅުވާނެއެވެ.
ބޭނުންވާނެ ތަކެތި:
1 ލުނބޯ
- 2 ބިސް (ކައްކާ ކުދިކޮށް ކޮށާފައި)
- 1 ޖޯޑު ކެބެޖް
- 1 ފިޔާ
- 2 މިރުސް
- 1 ސައިސަމުސާ މުގުރި އަސޭމިރުސް
- ރަހަލާވަރަށް ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާކޮޅު މައްޗަށް ލޮނާއި އަސޭމިރުސް އެޅުމަށްފަހު ހުތް ޖަހައި، މިރުހާއެކު ރަނގަޅަށް އެއްކޮށްލާނީއެވެ.
އެއަށްފަހު ކެބެޖު ކޮޅު އަޅާލައި، އެއްކޮށްލާނީއެވެ. އެންމެ ފަހުން، ބިސްކޮޅު އަޅާލައި އެއްކޮށްލުމުން، ބިސްކީމިޔާގެ މަސްގަނޑު ތައްޔާރުވީއެވެ.
ފުށްގަނޑު ތައްޔާރު ކުރުމަށްޓަކައި، ޖޯޑެއްގެހާ ފުށަށް ލޮނު ކޮޅަކާއި ތެޔޮ ފޮދެއް އެޅުމަށްފަހު މޮޑެލާނީއެވެ.
ކީމިޔާ ހެދުމަށްޓަކައި، ރޮށި ދެމުމަށްފަހު، މަސްގަޑުން އެތިކޮޅެއް އަޅައި، ރަނގަޅަށް އޮޅާލާނީއެވެ. ފުށްގަނޑު ތަތް ކުރުމަށްޓަކައި ފެން ބޭނުން ކުރާނީއެވެ.
އެއަށްފަހު، ތެލު ތެރޭގައި ރަނގަޅަށް ތެލުލާލުމުން ހުންނާނީ ބިސްކީމިޔާ ތައްޔާރުކޮށް ނިމިފައެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ: ނާދިޔާ ޢަބްދުއްރަޙްމާން
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.