ރޯދަމަސް ފެށުމާއެކު ގިނަ ބައެއްގެ ބާޒާރު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. ރޯދަ ވީއްލާ ވަގުތު އެކި ވައްތަރުގެ ފަނި ގިރުމަށާއި، ތަފާތު އެހެނިހެން ބާވަތްތައް ތައްޔާރުކުރުމަށެވެ.

ޗާންދަނީމަގުގައި ހުންނަ ޕްރިސްޓީން ފްރުޓް އެންޑް ވެޖް ފިހާރައިން ދެނީ މި ހުރިހާ ބާވަތްތަކެއްވެސް އަތްފޯރާ ފަށުގައި ލިބެން ހުންނާނެކަމުގެ ޔަގީންކަމެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ހުރިހާ ބާވަތްތަކެއްގެ މޭވާއާއި ތަރުކާރީ އެ ފިހާރައިން ލިބެން ހުރި އިރު، އާންމުކޮށް މީހުން އެފަދަ ބާވަތްތައް ގަންނަންދާ ބާޒާރުމައްޗާ އަޅާބަލާއިރު އެ ފިހާރައިގެ އަގުތައް ހެވެވެ.

އެގޮތުން، އެ ފިހާރައިން ލިބެންހުރި ބައެއް ބާވަތްތަކުގެ އަގުތަކުގެ ތެރޭގައި:

  • ބިހެއް 1.75 ރުފިޔާ

  • ލުނބޯ ކިލޯއެއް 65 ރުފިޔާ
  • ފިޔާ ކިލޯއެއް 14 ރުފިޔާ
  • އަލުވި ކިލޯއެއް 13 ރުފިޔާ
  • ތޮޅި މިރުސް ކިލޯއެއް 65 ރުފިޔާ
  • ކަރާ ކިލޯއެއް 18 ރުފިޔާ
  • ބީންސް ކިލޯއެއް 60 ރުފިޔާ
  • ޕެޝަން ފްރުޓް ކިލޯއެއް 75 ރުފިޔާ

ރޯދަމަހު އެ ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކަކީ ހެނދުނު ނުވަޔަކުން ފަހަކަށް އަދި ރޭގަނޑު އަށްގަޑިބައިން ބާރައަށެވެ.

މީގެ އިތުރުން ކޮންމެ ހުކުރު ދުވަހަކު 2:00އިން 3:00އަށް އެ ފިހާރައިން މޭވާއާއި ތަރުކާރީ އާންމުކޮށް ހުންނަ ވަރަށް ވުރެ އަގުހެޔޮކޮށް ލިބެން ހުންނާނެއެވެ.

ހަމައެއާއެކު އެ ފިހާރައިގެ ނަންބަރު، 9446005އަށް ވައިބާކޮށްގެން ނުވަތަ ގުޅައިގެން ހޯލްސޭލްކޮށް ވެސް ވިޔަފާރި ކުރެވޭނެއެވެ.