22 Jul 2010, 10:20
14:30
ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ބޭފުޅުން ހަމަޖައްސަވައިފި އެވެ.
މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދެކުނު ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމުކޮށް، އެޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސެވީ، އައްޑުއަތޮޅު މީދޫ އަރާއިރު/ ޢަލީ ޝަހީމް. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އައްޑުއަތޮޅު މީދޫ ނަރުގިސް/ ޙުސައިން ރަޝީދާއި، އައްޑުއަތޮޅު ފޭދޫ ޗަނބޭލީގޭ/ ނޫރުﷲ ސަޢީދާއި، މާފަންނު ލޭންވިލާ/ ޑޮކްޓަރ ޢަލީ މުޒްނީ އާއި، ފުވައްމުލައް ބިއުޓީވިލާ/ ޢަލީ ޒައިދާއި، ފުވައްމުލައް އަބާރަނަ/ ފާޠިމަތު ނަރީމާ ޙަސަންގެ އިތުރުން އައްޑުއަތޮޅު ހިތަދޫ ބިންބިމާގޭ އިބްރާހީމް ޞަބްރީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.