14 Apr 2022, 13:41
"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ 13 ވަނަ ދުވަހު މި ގެނެސްދޭ ޑިޝްއަކީ ހަނީ މެންގޯ ސްމޫތީއެވެ. ރޯދަ ވީއްލާ ގަޑީގައި ސުފުރާމަތި ފަޅުފިލުވާލަން ހަނީ މެންގޯ ސްމޫތީ ވަރަށް ރަނގަޅުވާނެއެވެ.
ބޭނުންވާނެ ތަކެތި:
ހަނީ މެންގޯއެއްގެ ފަޅިއެއް
- ބައި ޖޯޑު ފުލް ކްރީމް މިލްކް
- 1 މޭޒުމަތީ ސަމުސާ މާމުއި
- އައިސްކިއުބް
ތައްޔާރުކުރާނެ ގޮތް:
ހަނީ މެންގޯ ސްމޫތީ ތައްޔާރު ކޮށްފައި މިވަނީ ހަނީ މެންގޯއެއްގެ އެއްފަޅި ބޭނުން ކޮށްގެންނެވެ. އާދައިގެ އަނބު ބޭނުން ކުރާނަމަ އެއް އަނބު ރަނގަޅުވާނެއެވެ.
ހަނީ މެންގޯ ސްމޫތީ ތައްޔާރު ކުރުމަށްޓަކައި، މިކްސްޗަރަށް އައިސްކިއުބާއި އަނބު އަދި މާމުއި އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާނީއެވެ.
މިކްސް ވުމުން، ތައްޓަކަށް އައިސްކިއުބް އެޅުމަށްފަހު ސްމޫތީ އަޅާލާނީއެވެ. އަދި ކުދިކޮށް ކޮށާފައި ހުރި އަނބުކޮޅެއް ސްމޫތީގެ ތެރެއަށް އަޅާލާނީއެވެ.
މިހާރު މިހިރީ ހަނީ މެންގޯ ސްމޫތީ ތައްޔާރުކޮށް ނިމިފައެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ: އާމިނަތު ނަޝީދާ
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.