ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އުކާލާ ޕްލާސްޓިކް މަދުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މޫދާއި ތިމާވެއްޓަށް ގެއްލުން ލިބޭނެ ޕްލާސްޓިކް އެތަންތަނަށް ބޭރުކުރުން މަދު ކުރުމާއި އެއާޕޯޓުން އުކާލާ ޕްލާސްޓިކް މަދު ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ޕާލޭ މޯލްޑިވްސްއާއެކު އިއްޔެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ހެނދުނު އެމްއޭސީއެލްގައެވެ.

ވީއައިއޭއިން އުކާލާ ޕްލާސްޓިކް މަދުކުރަން އެމްއޯޔޫ އެއްގައި ސޮއިކުކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް

އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާއެވެ. ޕާލޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމުއިއްޔާގެ ޑިރެކްޓަރު ޝާހިނާ އަލީއެވެ.

ވީއައިއޭއިން އުކާލާ ޕްލާސްޓިކް މަދުކުރަން އެމްއޯޔޫ އެއްގައި ސޮއިކުކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް

އެ އެއްބަސްވުން ކުރިއަށް ދާނީ 'އެއާ ސްޓްރެޓަޖީ'ގެ ތިން އުސޫލެއްގެ ދަށުންނެވެ. އެއީ ޕްލާސްޓިކާ ދުރުހެލިވެ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވައި، ޕްލާސްޓިކާ މެދު އަމަލުކުރާ ގޮތަށް ބަދަލުތައް ގެނެސްގެންނެވެ.