ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންގެ ފަރާތުން ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

މި ރޯދަ ވީއްލުން ދެއްވާފައިވަނީ މިއަދު މުލީއާގޭގައެވެ.

މުލީއާގޭގައި ހިޔާ ކުދީންނާއިއެކު ރައީސްގެ ދެ ކަނބަލުން ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ރޯދަ ވީއްލުމުގައި ރައީސްގެ ދެ ކަނބަލުންގެ އިތުރުން ދަރިކަނބަލުން ސާރާ އާއި ދަރިކަލުން ޔަމާން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މުލީއާގޭގައި ހިޔާ ކުދީންނާއިއެކު ރައީސްގެ ދެ ކަނބަލުން ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ރޯދަ ވީއްލުމުގައި ހިޔާ ކުދީންގެ ބެލެނިވެރިން ވެސް ބައިވެރިވެފައިވާއިރު، މުލީއާގޭ އެތެރޭގައްޔާއި ބޭރު ބަގީޗާ ތެރޭގައި އެ ކުދީންގެ ހިތް އުފާ ކޮށްލުމަށް ޓަކައި ކެރަމް ބޯޑާއި ރާޒުވާ ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ރައީސްގެ ދެ ކަނބަލުން ވެސް އެ ކުދީންނާއި އެކު ވަގުތުކޮޅެއް ހޭދަ ކުރެއްވިއެވެ.