Last Updated:
1 decade 4 year ago

ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި

    ބުލޮގު ޚުލާސާ
    ޓްރެކް ސަރަހައްދު ޕެޓްރޯލް ޝެޑްތައް ކައިރީ، ކުނިގޮނޑު ސަރަހައްދުގައި ހުންނަ ނީލަން ފިހާރައިގައި ވަރަށް ބޮޑަށް އަލިފާންރޯވެ އަނދަމުން އެބަދެއެވެ.

    ނީލަން ފިހާރައިގާ ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ބޮޑު ހުޅުގަނޑެއް އުފެދިފައިވާއިރު އަލިފާންގަނޑުގެ ތެރެއިން ބައެއް ތަކެތި ވަރަށް ވާރަށް ގޮވަމުންދާ އަޑު ދަނީ އިވެމުންނެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އެސަރަހައްދުގައިވާ ޕެޓްރޯލް ޝެޑަށް އަލިފާން ފެތުރުމުގެ ބިރުވަނީ އުފެދެ އެވެ.

    އެމްއެންޑީއެފުން ބުނީ ނީލަންފިހާރައިގާ ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަ އެންޑް ރެސްކިއުޓީމުން އެސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އަލިފާންރޯވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.
    އަދި ބުނީ ނީލަން ފިހާރައިގާ ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމެއް ނުވަތަ އެހެން ގޮތަކުން ރޯވީ ކަމެއް އަދި ނޭނގޭ ކަމަށެވެ. (ތަފުސީލު އަންނަނީ)

    12:14ނީލަން ފިހާރަ ކައިރިން

    ނީލަން ފިހާރައިގެ ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް ބައެއް ތަކެތި ދަނީ ނެރެމުން އެކަމަކު އަދިވެސް އަލިފާން މުޅިން ކޮންޓްރޯލެއް ނުވޭ.
    12:11

    އަލިފާންގަނޑު މިހާރު ވަނީ ހިސާބަކަށް ކޮންޓްރޯލްވެފައި
    11:59

    ނީލަން ފިހާރައި މިހާރު ވަނީ އެއްކޮށް ރޯވެފައި ، އާންމުންގެ ވަރަށް ގިނަ ބަޔަކު ދަނީ ސިފައިންނާއެކު އަލިފާން ނިއްވާލެވޭތެވޭތޯ ދަނީ މަސައްކަތް ކުރަމުން
    11:57ނިލަން ފިހާރަ ކައިރިން

    ތިން ހޮޅި ބޭނުންކޮށްގެން ފެން ޖަހަމުން ދަނީ އެކަމަކު އަދިވެސް ނީލަން ފިހާރައިގެ އެތެރޭގެ އަލިފާންގަނޑު އަދި ވެސް ވަރަށް ގަދައަށް ދަނީ އަނދަމުން.
    11:56ކުނިގޮނޑު ސަރަހައްދުން

    ބައެއް ދިމަ ދިމާއިން އަލިފާން ނިއްވާލައިފި. އެތެރޭގައި އަދިވެސް އަލިފާން ރޯވެފައި.
    11:45ކުނިގޮނޑު ސަރަހައްދުން

    ވިލާ ގޭހުގެ ފުރަގަހުގައި ގާތައް ބަހައްޓާފައި ހުރި ސަރަހައްދު ސަލާމާތް ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުން. ކުނިގޮނޑުގެ ބައެއް ސަރަހައްދުގައި ވަނީ ރޯވެފައި. ހުރިހާ ދިމާއަކުން ފެން ޖަހަމުން ދަނީ. އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަދި ގެއްލުމެއް ވީކަމެއް ނޭނގޭ. އަލިފާން ރޯވިއިރު އެތެރޭގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ވެސް ތިބި.
    11:39
    11:37

    އަލިފާން ރޯވެ އަނދަމުންދަނީ ކައިރީގަ ހުރި ގޭސް ސްޓޯރޭޖް ތައް މިހާރު ދަނީ ހޫނުވުމުގެ ސަބަބުން ފެންޖަހާ، ގޭސް ފުޅިތައް މިހާރުވަނީ މި ތަންތަނުން ނެރެ ހުސް ކުރަމުން
    11:30

    އަލިފާންގަނޑުގެ ތެރެއިން ބާރުގަދަ އަޑުތައް އަދިވެސް އިވެމުން ދަނީ. އެއްވެސް ވަރަކަށް އަލިފާން ކޮންޓްރޯލެއް ނުވޭ، އަލިފާން އެހެން ދިމަ ދިމާއަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައި.
    11:28ކުނިކޮށި ސަރަހައްދުން

    އަލިފާން ރޯވެ އަނދަމުންދާތީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ވެހިކަލް ގަރާޖުގެ ތެރެއިން ހުރުހާ ވެހިކަލްތަކެއް ވެސް ނެރެން ފަށައިފި. އަދިވެސް އަލިފާން ކޮންޓްރޯލެއް ނުވޭ.
    11:25

    އަލިފާން ގަނޑު އަދިވެސް އަނދަމުން ދަނީ. އެ ސަރަހައްދުގައި ހުރި ގޭސް ވިއްކާ ތަނުން ގޭސްވެސް ބޭރު ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ.