ފުލުހަކާއި ދިމާކޮށް ތޫނުއެއްޗަކުން ބިރުދައްކައި ހަމަލަދޭން މަސައްކަތްކުރި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިންގާފައި ވަނީ ރޭ ގާތްގަނޑަކަށް 11:30 ހާއިރު ކަމަށާއި ފުލުސް މީހާއާ ދިމާކޮށް ހަމަލާދޭން މަސައްކަތް ކުރީ މާފަންނު އަސަރީ ގޯޅިތެރޭގައި ފުލުސް މީހާ ހުއްޓާ ކަމަށެވެ. މިހާދިސާގައި އެފުލުހުންގެ މީހާއަށް އެއްވެސް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

މިހާދިސާއާ ބެހޭ ތަފުސީލެއް ފުލުހުން ނުދެ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފަހަކަށް އައިސް ފުލުހުންނަށް ހަމަލާ ދިނުމާއި ފުލުހުންންނާއި ފުލުހުންގެ އާއިލާތަކުގެ ތަކެއްޗަށް ގެއްލުން ދިނުން ވަނީ އާންމުވެފަ އެވެ.