"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ 11 ވަނަ ދުވަހު މި ގެނެސްދެނީ ހުތްމަސްކާށި ތައްޔާރުކުރާނެ ގޮތެވެ. ރޮށި ނުވަތަ ފޮޅިއާ ޖަހައިގެން ކާލަން ވެސް ހުތްމަސްކާށި ވަރަށް މީރުވަނެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 ފިޔާ

  • ހިކަނދި ފަތް
  • ގިތެޔޮ މިރުހެއް
  • 1 ކާށި ކިބަ
  • 1 ކިހާ
  • 1 ހިކި މަސްގަނޑު
  • 1 ލުނބޯ
  • 1 ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

މި ޑިޝްއަށް ބޭނުންވާ ކިހާ އަޅާނީ ކާށީގެ ފެނާއެކުއެވެ. އަދި މަސްކޮޅުވެސް ބޭނުން ކުރާނީ، ފެން އަޅާފައި ބަހައްޓައި، މަޑުކޮށްގެންނެވެ. ވަޅޯމަސް ނުވަތަ ހިކިމަސް ވެސް ބޭނުން ކުރެވިދާނެއެވެ. ބޮޑަށް މީރުވާނީ ހިކިމަހުން ތައްޔާރު ކުރުމުންނެވެ.

ޑިޝްއަށް ބޭނުންވާ ބާވަތްތައް ހަމަކޮށްލެވުމުން، މި ޑިޝް ތައްޔާރު ކޮށްލަން ވަރަށް ފަސޭހަވާނެއެވެ.

އެގޮތުން ހުރިހާ އެއްޗެއް އަޅައި މޮޑެވޭވަރުގެ ތައްޓަކަށް ފަހަރަކު އެއްޗެއް އަޅާނީއެވެ. ކާށިކޮޅާއި ކިހާ އެޅުމަށްފަހު، އެއް އަރިއަށް މަސްކޮޅު އަޅާލައި، ފިޔައާއި މިރުސް އަދި ހިކަނދިފަތް ވެސް އެއް އަރިއަކަށް އަޅާލާނީއެވެ.

އެއަށްފަހު ލުނބޯ ފަޅިއެއްގެ ހުތް ޖެހުމަށްފަހު ލޮނު ލާނީއެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް މޮޑެލާނީއެވެ.

މިހާރު ހުންނާނީ ހުތްމަސްކާށި ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: މަރިޔަމް ޢަލީ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.