14:30


މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށަށް އުދައަރައި މީހުންނަށާއި ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.


އެގޮތުން އުދައެރި ހދ.މައިވާދޫ މީހަކު ބުނީ އެރަށަށް އުދައެރުމުގެ ސަބަބުން ދަނޑުވެރިންގެ ދަނޑުތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު އެރަށަށް މުދާ ހިފައިގެން އައި ދޯންޏަކުން ރަށަށް މުދާ ބާލަން އުޅުނު ކުޑަ ދޯންޏަކަށް ރާޅު އަރައި ބަންޑުން ޖަހާލުމާ ގުޅިގެން މުދަލަށާއި އެވަގުތު އެދޯނީގައި ހުރި މީހެއްގެ ހާލު ދެރަވެގެން ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ.


މީގެ އިތުރުން ވެސް އުދައެރި ދެކުނުގެ ރަށްރަށުގެ މީހުންވެސް ބުނީ އެ ރަށްރަށަށް އުދައަރައި ތަފާތު ގެއްލުންތައް ވަމުންދާ ކަމަށެވެ.


އިއްޔެ އާއި މިއަދު މާލެ އަށް ވެސް ވަނީ އުދައާރާ ބައެއް ތަންތަނަށް ގެއްލުންވެފަ އެވެ. އެގޮތުން ބައެއް ރެސްޓޯރަންޓް ތަކަށް ވެސް ވަނީ ރާޅުއަރާފަ އެވެ.


100 ފޫޓާއި 50 ފޫޓާ ދެމެދުގެ އަދަދަކަށް ބައެއް ރަށްރަށަށް ވަނީ އުދައަރާފަ އެވެ. އަދި ރަށްރަށުގައި މީހުން ދިރިނޫޅޭ ހިސާބަށް 300 ފޫޓާ ގާތަށް ވަނީ އުދައަރާ ފެންބޮޑުވެފަ އެވެ.


މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް މީޓިރިއޮލަޖިކަލް ސާވިސް ސެންޓަރުން ބުނީ އުދަ އާ ބެހޭ ގޮތުން މަޢުލޫމާތާ ދިނުމަށް ބާއްވާ ބައްދަލުވުމެއްގައި މެޓް އޮފީސްގެ ބޭފުޅުން ބައިވެރިވެ ވަޑާއިގެންފައިވާތީ ބައްދަލުވުން ނިމުނު ހާ އަވަހަކަށް މަޢުލޫމާތު ދެއްވާނެ ކަމަށެވެ.