19 Mar 2012, 09:23
އިންޑޮނޭޝިޔާގެ ރިޒޯޓް ރަށެއް ކަމަށްވާ ބާލީގައި ޓެރަރިޒަމާއި ފޭރުމުގެ ހަރަކާތްތަކެއް ހިންގަން އުޅުނު ފަސް މީހެއްގެ ގަޔަށް އެ ގައުމުގެ ފުލުހުން ރޭ ބަޑިޖަހައި މަރާލައިފި އެވެ.
އިންޑޮނޭޝިޔާ ފުލުހުންގެ ތަރުޖަމާނު، ބޯއީ ރަފިލީ އަމަރުއާ ހަވާލާދީ އަލްޖަޒީރާ ބުނީ އެ ފަސް މީހުން ގަޔަށް ފުލުހުން ބަޑިޖެހީ އެމީހުން ފިލަން އުޅުމުގެ ތެރޭގައި ފުލުހުންނާ ދިމާއަށް ބަޑިޖެހީމުން ކަމަށެވެ.
" ތުހުމަތު ކުރެވޭ މީހުން އުޅުނީ މުސްތަގުބަލުގައި އެމީހުން ދޭން ބޭނުންވާ ހަމަލާތަކަށް ފައިސާ ހޯދުމަށް ފައިސާ ފޭރުމުގެ ހަރަކާތްތަކެއް ހިންގަން، އެމީހުން އަތުން ގިނަ އަދަދެއްގެ ވަޒަނާއި ބަޑިވެސް ފެނުނު،" އަމަރު ވިދާޅުވިކަމަށް އަލްޖަޒީރާގައި ވެއެވެ.
އޭނާ އަދި ވިދާޅުކަމަށް އެ އެޖެންސީން އަދި ބުނީ މަރުވި ފަސް މީހުންނަކީ މީގެ ކުރިން ސްމަޓްރާގައި ބޭންކެއް ފަޅާލަން އުޅުނު 20 މީހުންގެ ގްރޫޕަކަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި އެމީހުން އެފަހަރު ވެސް ފައިސާ ފޭރެން އުޅުނީ ޓެރަރިސްޓް ހަމަލާތަކަށް ހަރަދުކުރަން ފައިސާ ހޯދުމަށެވެ.
އިންޑޮނޭޝިޔާއަށް ފަހަކަށް އައިސް ގިނަ ޓެރަރިސްޓް ހަމަލާތަކެއް ދީފައި ވެއެވެ. ބާލީއަށް 2002 ވަނަ އަހަރު ދިން ހަމަލާއަކީ އޭގެ ތެރެއިން އެންމެ ވަރުގަދަ ހަމަލާއެވެ. އެ ހަމަލާގައި އެކި ގައުމުތަކަށް ނިސްބަތްވާ 202 މީހުން މަރުވި އެވެ.