10 Apr 2022, 15:09
"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ނުވަ ވަނަ ދުވަހު މި ގެނެސްދެނީ ބަނބުކެޔޮ ބަތްޕެން ކައްކާނެ ގޮތެވެ. ހާރުދަން ގަޑީގެ ކެއުމުގައި ހިމަނާލަން ބަނބުކެޔޮ ބަތްޕެން ވަރަށް ރަނގަޅުވާނެއެވެ.
ބޭނުންވާނެ ތަކެތި:
2 ޖޯޑު ފެން
- ބަނބުކޭލެއްގެ ހަތަރުބައިކުޅަ އެއްބައި (ކޮށާފައި)
- ވަޅޯމަސް ފަޅިއެއް
- ބައި ޖޯޑު ހަނޑޫ
- ހިކަނދިފަތް
- ގިތެޔޮ މިރުސް
- 1 ފިޔާ
- 1 ޖޯޑު ކާށިކިރު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފެންފޮދުގެ ތެރެއަށް ހަނޑުލާއި ބަނބުކެޔޮ އަޅާނީއެވެ.
ކުޑަކޮށް ކެކިލުމުން މަސްކޮޅާއި ފިޔާކޮޅު އަދި ހިކަނދިފަތް އަޅާލާނީއެވެ. އަދި ރަނގަޅަށް އެއްކޮށްލާނީއެވެ.
އޭގެފަހުން، ލޮނުކޮޅާއި މިރުސްކޮޅު އަޅާނީއެވެ. މިރުސް އަޅާނީ ކުޅިމިން ބަހައްޓަން ބޭނުންވާ ވަރަށެވެ.
އެންމެ ފަހުން ކިރުފޮދު އަޅާނީއެވެ. އަދި ކުޑައިރުކޮޅަކު ކައްކާލާނީއެވެ. މިހާރު ހުންނާނީ ބަނބުކެޔޮ ބަތްޕެން ތައްޔާރުކޮށް ނިމިފައެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޝީދާ
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.