10 Apr 2022, 02:26
ސްޕެނިޝް ލަލީގާގައި މިރޭ މަޔޯކާ އަތުން ބަލިވެ އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިން ވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.
މިރޭގެ މެޗަށް ނިކުތްއިރު އެތުލެޓިކޯ އޮތީ 57 ޕޮއިންޓާއެކު ތާވަލްގެ ހަަތަރު ވަނައިގައެވެ. އަދި ތިން ވަނައިގައި އޮތް ބާސެލޯނާއަށް ވެސް ލިބެނީ 57 ޕޮއިންޓެވެ. އެހެންކަމުން، މިޜޭގެ މެޗުން އެއްވަރުވެގެން ވެސް ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލުމުގެ ފުސަތު އެތުލެޓިކޯއަށް އޮތެވެ.
މެޗުގެ ހަަތަރު ވަނަ މިނެޓުގައި އެތުލެޓިކޯގެ މާކޮސް ލޮރެންޓޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ދެ ވަނަ ހާފުގައި އެތުލެޓިކޯގެ ލުއިޒް ސުއަރޭޒް ބޮލުން ފޮނުވާލި ބޯޅަ މަޔޯކާގެ ކީޕަރު ސާޖިއޯ ރިކޯ ވަނީ މަތަކޮށްފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި މަޔޯކާގެ ކުޅުނެތެރިޔަކަށް އެތުލެޓިކޯގެ އޭރިޔާ ތެރެއިން އެ ޓިމުގެ ޑިފެންޑަރަކު ފައުލްކުރުމުން ރެފްރީ ވަނީ މަޔޯކާއަށް ޕެނަލްޓީއެއް ދީފައެވެ. މަޔޯކާއަށް ލިބުނު ޕެނަލްޓީން އެ ޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ވެޑާޓް މުރިގީއެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މަޔޯކާ އޮތީ ތާވަލްގެ 17 ވަނައިގައި 29 ޕޮއިންޓާއެކުއެވެ. އެތުލެޓިކޯ އޮތީ 57 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ތިން ވަނައިގައި އޮތް ބާސާއަށް ވެސް ލިބެނީ 57 ޕޮއިންޓެވެ. އެއީ އެތުލެޓިކޯއަށްވުރެ ދެ މެޗު މަދުން ކުޅެގެންނެވެ.
މިރޭ ދެން ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، ސެވިއްޔާ އާއި ގްރާންޑޭ ބައްދަލުރި މެޗު 4-2 އިން ކާމިޔާބުކޮށްފައިވަނީ ސެވިއްޔާއެވެ. އަމިއްލަ ދަނޑުގައި ކާޑިޒް ވަނީ ރެއާލް ބެޓިސް އަތުން 2-1 އިން ބަލިވެފައެވެ. ވިލަރެއާލް އާއި އެތުލެޓިކް ކުލަބް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.