ހުޅުމާލޭގައި ހުރި ގުދަނެއްގައި މުދާ އުފުލުމަށް ބޭނުންކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުދަނެއްގައި މުދާ އުފުލުމަށް ބޭނުންކުރި ލިފްޓެއް ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:00 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީންނަށެވެ. އެ ދެ މީހުނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުންޏެވެ.

ނަމަވެސް ދެ ބިދޭސީންނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ބެލުންތައް ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.