19 Mar 2012, 09:05
މާފަންނުގައި ހުރި ބިއުޓީ ޕާލާއެއްގައި ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި އެތަނުގެ ތެރެއިން ފުލުހުން އެތަނުން ހައްޔަރުކުރި ބިދޭސީ 11 ބިދޭސީން ދޫކޮށްލުމަށް ފަހު ތިން ދިވެހި ފިރިހެނުން ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި އެވެ.
މާފަންނު ވީބީ މާޓް ފިހާރަ ހުންނަ ޝެރިން ގޭގައި ނެޗްރަލް ބިއުޓީ ކެއާ ގެ ނަމުގައި ހިންގަމުންދިޔަ މަސާޖް ޕާލާއިން މިމަހުގެ 12 ވަނަ ދުވަހުގެރޭ ފުލުހުން ހައްޔަރުކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ އެއް ފިރިހެނަކާއި 10 އަންހެނުންނެވެ.
ކުރިން އެމީހުންނަށް ޖަހައިދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހުރިހާ ބިދޭސީން ދޫކޮށްލުމަށް ފަހު ތިން ދިވެހީންގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދީފަ އެވެ.
ނަމަވެސް ފުލުހުން އެންމެ ފުރަތަމަ ވެސްޓްޕާކް ރެސްޓޯރެންޓް ކައިރީ ހުންނަ ޝެރިފު، ގޭގައި ހިންގި ހާބަލް ބިއުޓީ ސެލޫން، މަސާޖު ޕާލާއިން ފުލުހުން ހައްޔަރު ކުރި ތިން ދިވެހީން ދޫކޮށްލުމަށް ފަހު ފަސް ބިދޭސީ އަންހެނުންނަށް 10 ދުވަހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖަހައިދީފަ އެވެ.