"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ އަށް ވަނަ ދުވަހު މި ގެނެސްދެނީ ބަނާނާ ކޭކް ތައްޔާރުކުރާނެ ގޮތެވެ. ފޮނި ކާތަކެއްޗަށް ލޯބިކުރާ މީހުންނަށް، ރޯދަވިއްލާ ގަޑީގައި ކާލަން ބަނާނާ ކޭކް ވަރަށް ރަނގަޅުވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 120 ގްރާމް ފުށް

  • 200 ގްރާމް ހަކުރު
  • 1 ޖޯޑު ދޮންކެޔޮ (ޗިސްކޮށްފައި)
  • 2 ބިސް
  • 50 ގްރާމް ބަޓާ
  • 60 އެމްއެލް ފުލް ކްރީމް މިލްކް
  • 1 ސައިސަމުސާ ބޭކިން ޕައުޑާ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްކޮޅު ގިރާލާނީއެވެ. އޭގެފަހުން، ބިހުގެ ތެރެއަށް ބަޓަރު އަޅައި، އެއްކޮށްލާނީއެވެ. ދެބައި އެއްވުމުން ހަކުރުކޮޅު އަޅާލައި ރަނގަޅަށް ވިރުވައިލާނީއެވެ.

އެއަށްފަހު ދޮންކެޔޮ އަޅައި އެއްކޮށްލާނީއެވެ. ދޮންކެޔޮ އެއްކުރަން ފަސޭހަވާނީ ޗިސްކޮށްފައި ބެހެއްޓުމުންނެވެ.

އޭގެފަހުން ފުށާއި ބޭކިން ޕައުޑާ އަޅައި، ގިރާލާނީއެވެ. އެންމެ ފަހުން އަޅާނީ ކިރުފޮދެވެ. ކިރު އެޅުމަށްފަހު އަތުން އެއްކޮށްލަނީ އެވެ. ކިރު އަޅަނީ ދިޔަކޮށްލަން ވެގެން ނެވެ.

ކޭކު ފިހުމަށްޓަކައި ޓްރޭގައި މާޖްރިންކޮޅެއް އުނގުޅައި، މައްޗަށް ފުށްކޮޅެއް ބުރުވާލަން ވާނެއެވެ. އެއަށްފަހު އަވަނަށްލައި ފިހެލުމުން، ބަނާނާ ކޭކް ތައްޔާރު ކުރެވުނީއެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: ނާދިޔާ ޢަބްދުއްރަޙްމާން

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.