"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ހަ ވަނަ ދުވަހު މި ގެނެސްދެނީ ކަނަމަދު ބޯކިބާ ތައްޔާރުކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާ ގަޑީގައި ކާލަން ވަރަށް މީރު އެއްޗެކެވެ.


ބޭނުންވާނެ ތަކެތި:

  • 1 ޖޯޑު ކަނަމަދު (މިކްސްޗަރުން މުގުރާފައި)

  • 1 ދަޅު ގެރިކިރު
  • 1 ޖޯޑު ފުށް
  • 2 ބިސް
  • 1 މޭޒުމަތީ ސަމުސާ މާޖިރިން
  • 1 ސައިސަމުސާ ބޭކިން ޕައުޑަރު
  • 1 ސައިސަމުސާ އެސެންސް
  • ކުޑަ ފެން ފޮދެއް


ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކުރެވޭ ވަރުގެ ތައްޓަކަށް ގެރިކިރު އަޅާނީއެވެ. ގެރިކިރާއެކު ބިސް އަޅައި ރަނގަޅަށް އެއްކޮށްލަން ވާނެއެވެ.

އެއަށްފަހު މާޖިރިން ކޮޅު އަޅާލައި، ކުރިންއެޅި ބަޔާއި އެކުވަންދެން ގިރާނީއެވެ. މާޖިރިން ވިރުމުން، މުގުރާފައިވާ ކަނަމަދުކޮޅާއި ފުށް އެޅުމަށްފަހު އެއްކޮށްލާނީއެވެ.

ދެން ބޭކިން ޕައުޑަރާއި އެސެންސް އަޅާނީއެވެ. ރަނގަޅަށް އެއްވުމުން ފެންފޮދު އަޅައި އެއްކޮށްލާނީއެވެ.

ބޯކިބާ ފިހުމަށްޓަކައި، ޓްރޭއެއްގައި މާޖްރިންކޮޅެއް ހާކައި، އޭގެ މައްޗަށް ފުށްކޮޅެއް ބުރުވާލަން ވާނެއެވެ. އެއަށްފަހު މިކްސް ކުރި ތަކެތި ޓްރޭއަށް އަޅައި، އަވަނުން ފިހެލާނީއެވެ.

އެހާހިސާބުން ކަނަމަދު ބޯކިބާ ތައްޔާރުކޮށް ނިމުނީއެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: ނާދިޔާ ޢަބްދުއްރަޙްމާން

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.