14:30


ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަލުން އެކުލަވާލައްވައިފި އެވެ.


ބޯޑުގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސެވީ، އައްޑުއަތޮޅު ހިތަދޫ ޒަމާނީގޭ، ޢަބްދުﷲ ޝާހިދު. ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އައްޑުއަތޮޅު ހިތަދޫ ޝައުލާ، އަޙްމަދު މުޙަންމަދު ދީދީއާއި، އައްޑުއަތޮޅު ހިތަދޫ ޑޯސް، ޢަބްދުއްސައްތާރު ޢަލީއާއި، އައްޑުއަތޮޅު ހިތަދޫ ތޫނޑެއެޅެގެ، ޝައިބާ އަނީސާއި، އައްޑުއަތޮޅު ހުޅުދޫ ބްލޫސްކައި، މުޙަންމަދު ޒަރީރުގެ އިތުރުން އައްޑުއަތޮޅު ފޭދޫ ބީޗްވިލާ، މުޙަންމަދު ސަޢީދު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.