ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފުންނަށް ގާނޫނުގައި ބުނެފައިވާ ގޮތަށް އަދި ރޯދަ އިނާޔަތް ނުދޭ ކަމަށް އެ އެސޯސިއޭޝަނުން މިއަދު އެއްބަސް ވެއްޖެއެވެ.

އެމްއޭއެމްއިން ބަރާބަރަށް މުސާރަ ނުދޭ މައްސަލަ ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ނުދީ ނޯންނާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް އަދި ރޯދަ އެލަވަންސް ނުދެވޭކަމަށާއި މި މަހުގެ 10ގެ ކުރިން ރޯދަ އެލަވަންސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުސާރައިގެ ވާހަކަ އަބަދު ވެސް ސާފުކޮށްދެމުން މިދަނީ. މިހާތަނަށް މުސާރަ ނުދީއެއް ނޯންނާނެ. ހަަމައެކަނި ރޯދަ އެލަވަންސް ނުދެވި އޮންނާނީ. އިރާދަކުރެއްވިއްޔާ ރޯދަ އެލަވަންސް ވެސް މި މަހުގެ ދިހައެއްގެ ކުރިން ދޭނަން،" ޖަވާޒް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ވެސް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހެއެވެ.

މިދިޔަ މަހު ސަރުކާރުން އާންމުކޮށްފައިވާ ސާކިޔުލާގައިވާ ގޮތުން މިދިޔަ މަހުގެ 25 ގެ ކުރިން ރޯދަ އެލަވަންސް ދޭންޖެހޭނެއެވެ. އަދި އެލަވަންސްގެ ގޮތުހައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދޭންޖެހޭނެކަން ވެސް އެ ސާކިޔުލާގައިވެއެވެ.

މީގެ އިތުރުން އެ ސާކިޔުލާގައި ވަނީ އެއް ވަޒީފާއަށްވުރެ ގިނައިން ވަޒީފާ އަދާކުރާ މުވައްޒަފެެއްނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަންޏެެވެ.