ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ އިސްތިއުފާ ދެއްވައިފިއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަގާމުގައި ހުރެ އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މެލޭޝިޔާގެ ހައިކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވަނީ 2019ވަނަ އަހަރުގެ މާޗް 26ވަނަ ދުވަހުއެވެ.

ވިސާމް އަލީ އަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު އަޙްމަދު ތަސްމީން އަލީގެ އަނބިކަަނބަލުންނެވެ. އަދި ވިސާމް ވަނީ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވައިފައެވެ.

އެ ދެ ބޭފުޅުން ވެސް އެންމެ ފަހުން މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގެވި ޑީއާރުޕީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން ދެ ބޭފުޅުން ވެސް ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.