"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ފަސްވަނަ ދުވަހު މި ގެނެސްދެނީ ހަނާކުރި ބޯށި ތައްޔާރުކުރާނެ ގޮތެވެ. ހަނާކުރި ބޯށި ރޮއްޓާއެކުގައާއި ބަތާއެކުވެސް ކާލަން މީރުވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • ބޯއްޓެއްގެ ހަތަރުބައިކުޅަ އެއްބައި

  • 1 ވަޅޯމަސް (ބޮޑަށް މީރުވާނީ ހިކިމަސް)
  • 1 ފިޔާ
  • ބައި ޖޯޑު ބޯކިރު
  • 1 ލޮނުމެދު
  • 5 ހިކިމިރުސް
  • ދޮޅު ސައިސަމުސާ ލޮނު
  • ހިކަނދިފަތް
  • ރާނބާފަތް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ތަވަޔަށް ތެޔޮ ފޮދެއް އަޅާފައި އުނދުންމައްޗަށް އުދާނީއެވެ. ދެން ފިޔާ އަޅައި މީރުކޮށްލާނީއެވެ.

އެއަށްފަހު ހިކަނދިފަތާއި ރާނބާފަތް އެޅުމަށްފަހު ފިޔާގަނޑު ރަތްކޮށްލާނީއެވެ.

ދެން ލޮނުމެދާއި ހިކި މިރުސް އަދި ހިކި މަސްކޮޅު އަޅައި، ރަނގަޅަށް އެއްކޮށްލަން ވާނެއެވެ.

އޭގެފަހުން ލޮނު ސަމުސަލެއް އަޅައި، ރަހަ ހެޔޮވަރު ކޮށްލާނީއެވެ.

ފިޔާގަނޑު ތައްޔާރުވުމުން ބޯށި އަޅައި އެއްކޮށްލުމަށްފަހު ކުޑައިރުކޮޅަކު ބަހައްޓާފައި، ކިރު އަޅާނީއެވެ. ލޮނުރަހަ މަޑުނަމަ އިތުރު ލޮނުކޮޅެއް އަޅާލެވިދާނެއެވެ.

ކިރުފޮދު ހިނދެންދެން މަޑުގިނީގައި ކައްކާލަންވާނެއެވެ. އެހެންކަމުން އިރުކޮޅަކު މަތިޖަހާފައި ބަހައްޓާނީއެވެ.

ކިރުފޮދު ހިނދުނީމައި ހުންނާނީ ހަނާކުރި ބޯށި ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: ނާޝިދާ ޢަލީ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.