05 Apr 2022, 13:27
ރޭ މެންދަމުގެ ވަގުތެއްގައި ހުޅުމާލޭ މޫދުން ފެނުނު މީހާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ މޫދުން ޚަބަރު ހުސްވެފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާ މޫދުން ނަގާ މަންޒަރު ފެންނަ ވީޑީއޯއެއް މީސްމީޑީއާގައި ވަނީ އާއްމުވެފައެވެ. އެ ގޮތުން ދެ ފުލުހަކާއި އާއްމުންގެ ބަޔަކު އެތަނުގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
މޫދުން ފެނުނު މީހާއަށް އެއްވެސް ޒަހަމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.