18 Mar 2012, 16:33
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީން ވާދަކުރައްވާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ދައުލަތަށް ދައްކަން ޖެހޭ 16 މިލިއަށް ރުފިޔާގެ ޝަރީއަތް ޔޮޓް ޓްއާސް އިން ހާޒިރު ނުވުމުން ކެންސަލް ކޮށްފި އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރަނީ ކުޑަރަށް ރިސޯޓާއި އަލިދޫ ރިސޯޓުގެ ކުލިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށެވެ. އެ މައްސަލަ މިއަދު 10:00 އަށް ސިވިލް ކޯޓުގައި ޝެޑިއުލް ކުރިނަމަވެސް ޔޮޓް ޓޫއާސް އިން ހާޒިރު ނުވުމުން ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.
ކުޑަރަށް ރިސޯޓުގެ މައްސަލައިގައި މީރާއިން ކުރާ ދައުވާގައި އެދިފައި ވަނީ ލީސް ރެންޓާއި ލޭންޑް ރެންޓު އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 187،693 ޑޮލަރު ( 2،894،226ރ.) އެއްފަހަރާ ޔޮޓް ޓުއާސް އިން ހޯދައި ދިނުމަށެވެ.
އަދި އަލިދޫ ރިސޯޓު މައްސަލައިގައި މީރާއިން ކުރާ ދައުވާގައި އެދެނީ އެ ރިސޯޓުގެ ލޭންޑް ރެންޓާއި ޖޫރިމަނާ ގޮތުގައި ދައްކަންޖެހޭ 864،542 ޑޮލަރު ( 13،331،237ރ.) އެކީ އެއްފަހަރާ ޔޮޓް ޓްއާސް އިން ހޯދައި ދިނުމަށެވެ.