05 Apr 2022, 11:57
ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނާނީ މައި އޮފީހާއި ޕޯޓަލްއިންކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ކުލި ނުނަގާ ހަތް މަސް ވޭތު ވުމަށްފަހު، މި މަހުން ފަށައިގެން ހިޔާގެ ކުލި ނަގަން ފަށާނެއެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ބުނީ، އެޗްޑީސީގެ މައި އޮފީހުގައި ހުންނަ ކަލެކްޝަން ސެންޓަރަށް ގޮސްގެން ފައިސާ ދެއްކޭނެ ކަމަށާއި، އޮންލައިންކޮށް ދެއްކޭނީ، އެ ކޯޕަރޭޝަންގެ 'މައިހުޅުމާލެ' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ޕޯޓަލްއިން ފައިސާ ދައްކާނަމަ، ޕޯޓަލްއަށްލޮގިންވާން ޖެހޭނެއެވެ. ލޮގިން ވެވޭނީ އީފާސް މެދުވެރިކޮށެވެ. އީފާސް އެކައުންޓު ނެތް ނަމަ، އީފާހަށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
ފައިސާ ދެއްކުމަށް ވަންނަން ޖެހޭނީ ފައިނޭންސް ޕޯޓަލްއަށެެވެ. އެއަށްފަހު ފައިސާ ދައްކަން ބޭނުންވާ ފްލެޓެއް ޚިޔާރު ކުރުމަށްފަހު، ދައްކަން ބޭނުންވާ ފައިސާގެ އަދަދު ޖަހައި، ބޭނުންވާ ޕޭމަންޓް މޮޑެލްއެއް ޚިޔާރުކޮށް، ފައިސާ ދައްކާނީއެވެ.
ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭނީ 8،500 އެވެ. އެއީ ކުލީގެ 7،500 ރުފިޔާއާއި މެއިންޓެނަންސް ފީގެ 1،000 ރުފިޔާއެވެ.