މުލަ ރޯދަދުވަހު މައްޗަށް ދިޔަ މަހުގެ އަގުތައް ކުރީގެ އަގުތަކާ އެއްވަރަށް ތިރިވެއްޖެއެވެ.

ރޯދަމަސް ފެށުނު އިރު މަސްމާރުކޭޓުގައި ކަންނެލި ކިލޯއެއް އުޅުނީ 80 ރުފިޔާއަށެވެ. އަދި، ކަޅުބިލަމަސް ކިލޯއެއް ހުރީ 55 ރުފިޔާއަށެވެ. ނަމަވެސް މިއަދު ކަޅުބިލަމަސް ކިލޯއެއް 35 ރުފިޔާއަށް ލިބެން ހުއްޓެވެ. ކަންނެލި ކިލޯއެއް ލިބެން ހުރީ 45 ރުފިޔާއަށެވެ.

އޭރު މާރުކޭޓުގެ ވިޔަފާރިވެރިން ބުނީ މަހުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި ތެލުގެ އަގު ބޮޑުވުމާއި، މަސް ލިބުން ދަތިވުން ހިމެނޭ ކަމަށެވެ.

އެ ދުވަހުން ފެށިގެން ތެލުގެ އަގަށް އެއްވެސް ބަދަލެއް އައިިސްފައި ނުވި ކަމުގައި ވިޔަސް، މަސް ލިބޭ މިންވަރު އިތުރުވެފައިވެއެވެ. އެގޮތުން، ރޯދަމަހުގެ ފުރަތަމަ ދެދުވަހު މަހަށް ނުނިކުންނަ މަސްވެރިން ވެސް މިހާރު މަހަށް ނުކުންނަން ފަށާފައިވާ ކަމަށް އެމީހުން ބުނެއެވެ.

ފަރުމަހާއި، އެހެނިހެން ބާވަތްތައް ވެސް މިއަދު ބާޒާރުގައި ތިޔާއްގެވެ. އެގޮތުން، ގިނިމަހެއް 45 ރުފިޔާއަށް ހުރިއިރު، ރަތްމަހެއް ލިބެނީ 100 ރުފިޔާއަށެވެ. މީގެ އިތުރުން ހިބަރު ބުރިއެއް 20 ރުފިޔާއަށް ލިބޭއިރު، ބޯވައެއް ހުރީ 150 ރުފިޔާއަށެވެ.