03 Apr 2022, 22:00
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތެކެތި އެތެރެކުރި ޕާކިސްތާނުގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ޓޫރިސްޓް ޕޮލިސް ގުޅިގެން ހިންގި އޮޕްރޭޝަނެއްގައި އެމީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށެވެ.
އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ދަބަހުންނާއި ހަށިގަނޑުގެ ތެރެއިން މަސްތުވަކެތި ފެނިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ އަޙްމަދު ޢަލީ 32، އަދި ހަމަ އެ ގައުމުގެ މޮއިމިނާ ޤުލްފާމް 20، އެވެ.
އެ ދެމީހުން ހައްޔަރުކުރި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.