02 Apr 2022, 20:58
ރޯދަމަހަށް އުރީދޫއިން ހާއްސަ ހިދުމަތްތަކަކާއި އޮފާތަކެއް އުރީދޫން ތައާރަފުކޮށްފިއެވެ.
އެގޮތުން، އުރީދޫގެ ކޮންމެ ޚިދުމަތެއް އެކްޓިވޭޓް ކުރުމާއެކު، ބައިވެރިވެވޭ ލަކީ ޑްރޯއެއްގައި ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް އުމްރާދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ކޮންމެ ހަފުތާއަކު ނަސީބުވެރި 10 ފަރާތަކަށް 100 ޖީބީގެ ޑާޓާ ހިލޭ ދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ފަތިހު 04:00އާއި ހެނދުނު 08:00އާ ދޭތެރޭ "ބޯނަސް" ޖެހުމަށްފަހު 5252އަކަށް މެސެޖު ކުރުމުން، 06:00އާ ހަމައަށް 1 ޖީބީގެ ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަައެވެ.
އުރީދޫ ސުޕަނެޓުގެ ހިދުމަތް މިމަހުގެ ތެރޭ އެކްޓިވޭޓް ކުރާ ފަރާތްތަކަށް ކޮންމެ މަހަކު 100 ޖީބީގެ ބޯނަސް ޑޭޓާ ތިން މަސްދުވަށް ދިނުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، ސައުދީ ޢަރަބިއްޔާއަށް ގުޅުމަށް ހާއްސަ އައިއީޑީ ޕެކެއް ވެސް އުރީދޫއިން ވަނީ ތައާރަފުކޮށްފައެވެ. އެ ޕެކުގެ ދަށުން 100 މިނެޓާއި، 1 ޖީބީގެ ސޯޝަލް ޑޭޓާ 100 ރުފިޔާއަށް ލިބޭނެއެވެ.
މީގެ އިތުރުން އެމް-ފައިސާއާއި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމާއި، އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުގެ އެލާޓު ލިބުމުގެ އިތުރުން، ރީތި ޓިއުންސް މެދުވެރިކޮށް ޤުރުއާނުގެ އާޔަތްތަކާއި، މަދަހަ އިވޭނެހެން ހެދުމުގެ ފުރުސަތު ވެސް އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވެއެވެ.