ބީއެމްއެލް އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން ތުރުކީ ދަތުރަކާއި، އެހެނިހެން އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ބޭންކުން ބުނީ މި ޕްރޮމޯޝަނުގައި އެމެރިކަން އެކްސްޕްރެސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ ވިޔަފާރި ބައިވެރިކުރެވޭނެކަމަށެވެ.

ބޮޑު އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް ތުރުކީ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޟީގެ އިތުރުން ކޮންމެ ހަފުތާއަކު ހޮވޭ ނަސިބުވެރިޔަކަށް އައިފޯން 13 ޕްރޯއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ މޭ މަހުގެ ހަތްވަނަ ދުވަހާއި ހަމައަށެވެ. އެ ޕްރޮމޯޝަނުގެ އިތުރު މައުލޫމާތު ކުންފުނީގެވެބްސައިޓުންލިބެން ހުންނާނެއެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ ޚިދުމަތް ދޭ ހަމައެކަނި ބޭންކެވެ. އެ ބޭންކުން ދޫކުރާ ކާޑުގެ ޚިދުމަތް ތިން ލައްކައަށްވުރެ ގިނަ ކަސްޓަމަރުންނާއި، 7000 އަށްވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެއެވެ.