01 Apr 2022, 21:25
އައްޑުއަށް މިރޭ ހަނދު ފެނިއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އައްޑޫއަށް ހަނދު ފެނިފައިވާ ކަމަށް ފަސް އަންހެނަކު ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ.
އެހެންކަމުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.
ދިވެހިރާއްޖޭގައި ރޯދަ މަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ.