22 Jul 2010, 05:09
10:00
ރޯދަމަހަށް ގެންނަ ކާބޯ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ 26 ވަނަ ދުވަހު ގެންނާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ ފިޔާ އަލުވި ބިސް ފަދަ ތަކެތި މި ފަހަރު ކުރިން ގެނެސް އަތޮޅުތަކުގެ އެސްޓީއޯގެ ފިހާރަތަކަށް ވެސް ފޮނުވާނެ ކަމަށެވެ. އަދި ރޯދަ މަހުގެ ތެރޭގައި ވެސް ކޮންމެ ހަފްތާއަކުން ހަފްތާއަކުން ކާބޯތަކެތީގެ ޝިޕްމަންޓެއް ގެނެސް އެކަށީގެންވާ ވަރެއްގެ އަގެއްގައި ރޯދަމަސް ނިމްނެދެން ބެހެއްޓޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އިން ބުނީ މިދިޔަ އަހަރުގެ ތަޖްރިބާ އަށް ބަލައި ވަރަށް ގިނަ ކަންތައް ރަނގަޅުކޮށްފައި ވާނެ ކަމަށެވެ. އެގޮތުން އެކަށީގެންވާ ވަރަށް ޑިމާންޑަށް ބަލައިގެން ސަޕްލައި ކުރިއަށް ގެންދެވޭނެ ގޮތް ބަލައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބަލަފައިވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.