01 Apr 2022, 14:47
ދުނިޔޭގެ އިގްތިސާދީ އަދި އިޖުތިމާއީ މަސްރަހުގައި ގިނަ ކަންތައްތަކެއް އެބަ ހިނގައެވެ. ރާއްޖެއިން ބޭރަށް ދަތުރެއް ކުރާނަމަ ސަމާލުކަން ދޭންޖެހޭ އެތައް ކަމެއް ވެއެވެ. ހިފައިގެން ގެންދާ ތަކެއްޗެވެ. ރޭވި ޕްލޭންތަކާއި އަތުގައި ހުރި ފައިސާއެވެ. ސިއްހަތާއި ހެޔޮ ހާލެވެ. މިއީ ހައްތަހާ ވެސް ރިއާޔަތްކުރަންޖެހޭ ކަންކަމެވެ. ޓްރެވަލް ޕްލޭނެއް ނެގުމުގެ ބޭނުމަކީ މިއިން ކަމެއް ގޯހުން ގޮސްފި ނަމަ އެކަމެއް ފޫބެއްދުމެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދުނިޔޭގައި ފެތުރެން ފެށި ކޮވިޑް-19 ގެ ބިރުވެރިކަން ވަރަށް ބޮޑުތަނުން ދަށްވެއްޖެއެވެ. އެކަމަކު އަދިވެސް ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރެމުންދާ ބައްޔެކެވެ. ޕެންޑެމިކެކެވެ. އެ ބައްޔާއެކު އާންމު ހާލަތަށް ރުޖޫއަވުމަށް ގައުމުތަކުން މަސައްކަތް ފަށާފައިވާ އިރު، އަދިވެސް ކޮވިޑް-19 ޖެހި ހާލު ސީރިއަސްވުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން ދަތުރެއް މަތީގައި އުޅެނިކޮށް ކޮވިޑް-19 ޖެހި، ދިމާވެދާނެ ކޮންމެ ފަދަ ކަމަކަށް ވެސް ތައްޔާރުވެގެން ހުރުން ބުއްދިވެރިއެވެ.
މިހާރު އަޔާދީ ތަކާފުލްގެ ޓްރެވަލް ތަކާފުލްގައި މިކަންކަން ކަވަރުކޮށްދޭ އޮޕްޝަނަލް ކަވަރއެއް ހިމެނިފައި ވެއެވެ. މައި އެލައިޑް ޕޯޓަލް ބޭނުންކޮށްގެން ޓްރެވަލް ތަކާފުލް ޕްލޭނެއް ބައްލަވައިގަންނަވާ ފަރާތްތަކުގެ ތެރެއިން، ބޭނުންވާ ފަރާތްތަކަށް "ކޮވިޑް-19 ކަވާ" ނެގޭނެއެވެ.
ޓްރެވަލް ތަކާފުލްގެ ކޮވިޑް-19 ކަވާގެ ދަށުން ލިބޭ ފައިދާތަކުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ހާލު ސީރިއަސްވެ ދިމާވާ މެޑިކަލް އެމަޖެންސީތައް ކަވަރުކޮށްދިނުމާއި، ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އައިސޮލޭޝަން ނުވަތަ ކަރަންޓީނަށް ދާންޖެހޭނަމަ ފެސިލިޓީގައި ހޭދަކުރާ 14 ދުވަހަށް، ދުވާލަކަށް 150 ޑޮލަރުގެ ރޭޓުން ކަވަރުކޮށްދިނުމާއި، އަދި ކޮވިޑް-19 ޖެހި ހާލު ސީރިއަސްވާ މީހުންގެ މެޑިކަލް އިވެކުއޭޝަން ފަދަ ކަންކަމަށް ހިމެނެއެވެ. މީގެ އިތުރުން ކޮވިޑް-19 ޖެހިގެން ދަތުރުވެރިޔާ ކޯމާއަށް ދިއުން ނުވަތަ މަރުވެއްޖެނަމަ ކުރަންޖެހޭ ހަރަދުތައް ވެސް މި ކަވަރއިން ކަވަރުކޮށްދެއެވެ.
ޓްރެވަލް ތަކާފުލްގެ ކޮވިޑް-19 ކަވާގެ ދަށުން ޖުމްލަ 142,100 ޑޮލަރުގެ ކަވަރޭޖް ލިބެއެވެ. ޓްރެވަލް ތަކާފުލްގެ ހުރިހާ ބޭސިކް އަދި އޮޕްޝަނަލް ކަވާތަކުގެ ތަފްސީލީ މައުލޫމާތު މައިއެލައިޑް ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.
ޓްރެވަލް އިންޝުއަރަންސް ނުވަތަ ތަކާފުލްއަކީ ދެން މާ މުހިންމު އެއްޗެއް ހެއްޔޭ ހިތަށް އަރާފާނެއެވެ. ޖަވާބުގައި ދެންނެވޭނީ އާނއެކޭއެވެ. ދަތުރުވެރިންނަށް، ބޭރު ގައުމުތަކުގެ މުދަލާއި ހިދުމަތްތަކަކީ އާންމުކޮށް އަގުބޮޑު އެއްޗެއްސާއި ކަންކަމެވެ. ބަލިވެގެންނާއި އެކްސިޑެންޓެއް ވެގެން، ނުވަތަ މުހިންމު ލިޔެކިޔުމެއް ގެއްލިގެން، ނުވަތަ އެނޫންވެސް ކުއްލި ހާލަތެއް މެދުވެރިވުމުން، ގޮތްހުސްނުވެ ކަންކަން ހައްލުކޮށްލުމުގެ ފުރުސަތު ލިބެނީ ޓްރެވަލް ޕްލޭނެއް އޮވެގެންނެވެ. އަޔާދީގެ ޓްރެވަލް ތަކާފުލްއަކީ ފަސޭހައިން ނެގޭ، ޖީބަށް ލުއި އަދި ބޮޑެތި ފައިދާ ހިމެނޭ ޕްލޭނެކެވެ.
އެހެން ގޮތަކަށް ބުނާނަމަ، ތިޔަބޭފުޅުންގެ ދަތުރުގެ ހަގީގީ ނިޔާމަކީ މިއީއެވެ. އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް އިންޝުއަރަންސް ކުންފުންޏެކެވެ.