މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން ރަމަޟާން މަހު ގެނެސްދޭ "މަދަހަ ރަން އަޑު"ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

"މަދަހަ ރަން އަޑު" އަކީ ކޮންމެ އަހަރަކު ކުރިއަށް ގެންދާ ކުޑަކުދިންގެ މަދަހަ މުބާރާތެކެވެ. އާންމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި މުބާރާތުގެ މަގުސަދަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހުނަރުވެރިންގެ ހުނަރު ކުރިއަރުވާ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.

މިއަހަރުގެ މި މުބާރާތުގައި މުޅި ދިވެހި ރާއްޖެއިން 90އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ. ޕްރޮގްރާމް ދައްކަން ހަމަޖެހިފައިވަނީ ވީޓީވީން ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 04:15 އިން 04:45 ކަށެވެ. އަދި މި ޕްރޮގްރާމްގެ އެޕިސޯޑުތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމުން ވެސް ބަލައިލެވޭނެއެވެ.