31 Mar 2022, 10:35
ރ. ފުއްގިރި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރުމުގައި ރިޝްވަތު ހިފިކަމަށާއި، މަނީ ލޯންޑާ ކުރި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާ ކޯޓުގައި އޮއްވާ އެރަށް ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ، ފުއްގިރި ކުއްޔަށް ހިފައިފައިވާ ފަރާތުން އެފަރާތުގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން، އެރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ނަމަ، 14 ދުވަސްތެރޭ އެ މިނިސްޓްރީއަށް އެންގުމަށް ބުނެފައިވެއެވެ.
އެ މައްސަލައިގައި ދައުވާ އުފުލީ އެ ރަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް ލޯންޑަކުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެ މައްސަލާގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓްސްގެ މައްޗަށް ކުރާ ތުހުމަތުތައް އެ ދެ ކުންފުނިން ވަނީ
ފުއްގިރި ގަތް ފަރާތް ރަސްމީކޮށް ހާމަކޮށްފައި ނުވި ކަމުގައި ވިޔަސް، ޕެންޑޯރާ ޕޭޕާސް އިން، އެއީ އިންޑިއާގެ ދެ ވިޔަފާރިވެރިން ކަމުގައިވާ އަވިނާޝް ބޮސޭލްއާއި، އަމިތު ކުމާރު ގާނދީ ގުޅިގެން ގަތް ރަށެއްކަން ވަނީ ހާމަވެފައެވެ.