30 Mar 2022, 21:52
އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ކުރަމުންގެންދާ އެ ގައުމުގެ ގޯއެއާއިން އަދިވެސް ރާއްޖެއަށް ދަތުރުކުރާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ބައެއް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާގޮތުގައި އެ އެއާލައިންއަށް އިންޑިއާގެ އެއާޕޯޓުތަކުން ޖާގަ ނުލިބުމުގެ ސަބަބުން އެ އެއާލައިންގެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ.
އެ މިނިސްޓްރީން ބުނީ ގޯއެއާއިން މިއަދު ޝެޑިއުލްކޮށްފައިވާ ދަތުރުތައް ކެންސަލް ކުރިކަމަށެވެ. މިއަދުގެ ދަތުރު ކެންސަލްކުރީ ކޮވިޑާ ގުޅިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި ޓްރެވެލް ބަބަލްގެ މުއްދަތު ހަމަވުމުން އާންމު ހާލަތުގެ ތެރެއިން ފްލައިޓުގެ ދަތުރުތައް ޝެޑިއުލްކުރުމަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ދަތުރު އެ ސަބަބާހުރެ ކެންސަލްވިކަމުގައިވީ ނަމަވެސްް ޝެޑިއުލްކުރެވިގެން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް ދަތުރުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެމްއޭސީއެލްއިން ބުނީ ގޯއެއާގެ ދަތުރުތައް ކުރަމުން އަންނަ ރޫޓްތަކަށް ބަދަލުގެންނަން އުޅޭކަމަށެވެ. އެކުންފުނިންބުނި ގޮތުގައި ކުރިން އިންޑިއާގެ ބެންގަލޫރު، ދިއްލީ އަދި މުމްބާއީގެ ރޫޓުތަކުން އެ އައާލައިން ތަދުރުތައް ކުރިނަމަވެސް އެ ރޫޓުގެ ބަދަލުގައި ކޮޗިން އާއި ކަންނަންނޫރުގެ ރޫޓުތަކުން އެ އެއާލައިނުން އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.
ގޯއެއާގެ އިތުރުން ވެސް އިންޑިއާއާ ރާއްޖެއާ ދެމެދު އިތުރު ތިން އެއާލައިނެއް އޮޕަރޭޓްކުރެއެވެ. އެއީ އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސް ޖެޓްއެވެ.