30 Mar 2022, 16:30
ކުރިއަށް އޮތް ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާ ގަޑިއަކީ ހެނދުނު 10:30 ކަމުގައި މަޖިލީހުން ކަނޑައަޅައިފިއެވެ.
މިއަދުގެ ޖަލްސާއަކީ ރޯދަ މަހުގެ ކުރިން ބާއްވާ ފަހު ޖަލްސާ ކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރޯދަ މަހު ބާއްވާ ޖަލްސާތަކުގެ ފުރަތަމަ ދަންފަޅި 10:30 ގައި ފަށައިގެން ކުރިއަށް ގެންދާނީ މެންދުރު 12:00އަށް ކަމަށެވެ.
އެއަށްފަހު އެއްގަޑިއިރުގެ ހުސް ވަގުތު ކޮޅެއް ދިނުމަށްފަހު، މެންދުރު ފަހުގެ ދަންފަޅި ކުރިއަށް ގެންދާނީ 1:00 އިން ފަށައިގެން 2:00އަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ފަށާނެ ގަޑިއެއް ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހަކީ މި އަހަރުގެ މުލަ ރޯދަ ދުވަހެވެ.