29 Mar 2022, 19:45
ޔުނައިޓެޑް ނޭޝަންސް ފޯ އޮފީސް ޕްރޮޖެކްޓް ސާވިސަސް (ޔުނޮޕްސް) އިން ކްލައިމެޓް ޗޭންޖިންގެ ނަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ގުޅިގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުން އެ ޔުނިވާސިޓީގެ ދަރިވަރު، އައިމިނަތު ފައިހާ ނަސީމް އެއްވަނަ ހޯދައިފިއެވެ.
ޖުމުލަ ހަތަރު ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި މުބާރާތުގައި އެއްވަނައަށް ދިޔަ އާމިނަތު ފައިހާ ނަސީމަށް ޔުނޮޕްސްގެ ފަރާތުން ޓިއުޝަން ސަބްސިޑީގެ ގޮތުގައި 2،000 އެމެރިކާ ޑޮލަރުގެ ޗެކެއް ވަނީ ހަވާލުކޮށްފައެވެ.
އިސްލާމިކް ޔުނިވާސިޓީގައި މިއަދު މެންދުރުފަހު ބޭއްވި ނަތީޖާ ފާޅުކުރުމުގެ މި ރަސްމިއްޔާތުގައި މި ޗެކް ފައިހާ ނަސީމާ ހަވާލުކޮށްދެއްވީ ޔުނޮޕްސްގެ ކަންޓްރީ މެނޭޖަރު ފޯ މޯލްޑިވްސް އެންޑް ސްރީލަންކާ، ސުދީރު މުރަލިދަރަންއެވެ.

"މަޒުމޫން ލިޔުމުގެ މުބާރާތް 2022" އިން އެއްވަނަ ހޯދި އައިމިނަތު ފައިހާ ނަސީމަށް، ޔުނޮޕްސްގެ ފަރާތުން އިނާމް ހަވާލު ކުރަނީ -- ފޮޓޯ/ އިސްލާމިކް ޔުނިވާސިޓީ
މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

"މަޒުމޫނު ލިޔުމުގެ މުބާރާތް 2021"ގެ ނަތީޖާ ފާޅު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް ޔުނިވާސިޓީ
މިއަދުގެ ރަސްމިއްޔާތުގައި ޔުނޮޕްސްގެ ކަންޓްރީ މެނޭޖާ ފޯ މޯލްޑިވްސް އެންޑް ސްރީލަންކާ، ސުދީރު މުރަލިދަރަން އާއި ސީނިއަރ ޕާޓްނާޝިޕް އެނެލިސްޓް ފޯ މޯލްޑިވްސް، މާކޯ ޕެލެރޭ، އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާގެ އިތުރުން ޔުނިވާސިޓީގެ އިސްވެރިނާއި މުވައްޒަފުން އަދި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.