17 Mar 2012, 17:23
މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ ޕީސްތަކަކާއި މާރާމާރީ ހިންގުމަށް ބޭނުން ކުރާ ޒާތުގެ ވަޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހުން ހައްޔަރު ކުރީ މިއަދު މެންދުރު 12:20 އެހާކަންހާއިރު ފުލުހުންގެ ޑްރަގު އެންފޯސްމެންޓްން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މ. ހެޕީ ސަން އިން ކަމަށެވެ. ހައްޔަރު ކުރީ ތ. ވިލުފުށީ ނަލަހިޔާގޭ، މޫސާ ހުސައިން އާއި ދަފުތަރު، މިދުހަތު އަބޫބަކުރެވެ.
އެގެއިން ހައްޔަރުކުރި ދެ މީހުންގެ އަތުން 19 ޕީސް ތެލާއި ތިން ވަޅި ވަނީ ފެނިފައިވާ ކަމަށާއި މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.