ދިވެހިންގެ ސުފުރާމަތިން ގިނައިން ފެންނަ ޓޮމާޓޯއަކީ ހަށިގަނޑަށް ފައިދާހުރި، މީރު މޭވާއެކެވެ.

ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓްސްއިން މުއްސަނދިވެފައިވާ ޓޮމާޓޯއަކީ ހަށިގަނޑުގައިވާ ނުރައްކާތެރި ކެެމިކަލްތައް ހަށިގަނޑުން ބޭރުކޮށްދޭން އެހިތެރިވެދޭ މޭވާއެކެވެ.

ޓޮމާޓޯގައި 95 ޕަސެންޓު ފެން އެކުލެވިގެންވާއިރު ފަސް ޕަސެންޓު ކާބޯހައިޑްރޭޓްސް އެކުލެވިގެންވެއެވެ.

ކާލަން މީރު މި މޭވާ ކެއުމުގެ ކުރިން ހަނދާން ބަހައްޓަންވީ އެއްކަމަކީ ޓޮމާޓޯ ތޮއްޓާއެކު ކެއުމަށެވެ. ސަބަބަކީ ޓޮމާޓޯ ތޮށީގައި ފައިޓޯކެމިކަލް އެކުލެވިގެން ވާތީއެވެ. ފައިޓޯކެމިކަލް އަކީ ހަށިގަނޑަށް ފައިދާހުރި މާއްދާއެކެވެ.

ރޯ ޓޮމާޓޯއެކޭ އެއްފަދައިން ޓޮމާޓޯ ޖޫހަކީވެސް ނުހަނު ފައިދާހުރި އެއްޗެކެވެ. ޓޮމާޓޯ ޖޫހަކީ ހަށިގަނޑުގައި ކޮލާޖެން އިތުރުކޮށްދޭ މޭވާއެކެވެ. އެހެންކަމުން ޓޮމާޓޯ ޖޫސް ބޯ މީހުންގެ އިސްތަށިގަނޑާއި ހަންގަނޑު ރީތިވެގެންދެއެވެ. މީގެ އިތުރުން ޓޮމާޓޯ ޖޫހުގައި ހިމެނޭ ވިޓަމިން އޭ އާއި ލައިކޯޕީންގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ.

ޕޮޓޭސިއަމް ގިނަ މޭވާއެއް ކަމަށްވާ ޓޮމާޓޯ ކެއުމުން ލޭމައްޗައް ދިޔުން ކުޑަކޮށްދެއެވެ. މީގެ އިތުރުން، ހަށިގަނޑަށް މުހިންމު މާއްދާތަކެއް ކަމަށްވާ ވިިޓަމިން އޭ އަދި ވިޓަމިން ބީ ވެސް ޓޮމާޓޯގައި އެކުލެވިގެންދެއެވެ. މި މާއްދާތަކަކީ، ހިތުގެ މަސައްކަތްތަކަށް މުހިންމު މާއްދާތަކެކެވެ.

ކެރޮޓިނޮއިޑްސް ގިނަ އަދަދަކަށް އެކުލެވިިގެންވާ ޓޮމާޓޯ ކެއުމުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ޓޮމާޓޯގައިވާ ލޫޓީން އަދި ލައިކޯފީންއަކީ ކެންސަރުން އިންސާނާގެ ހަށިގަނޑު ރައްކާތެރިކޮށްދޭ، ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާތަކެވެ.

ދުވާލަކު އެއްފަހަރު ޓޮޮމާޓޯ ކެއުމަކީ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ދަމަހައްޓައިދޭނެކަމެކެވެ.