27 Mar 2022, 15:36
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
އެކަން ފުލުހުން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށްފައި ވަނީ ކޮން ރަށަކުން ކަމެއް ވެސް އަދި މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެއެވެ.
އެ މައްސަލަ ފެންމަތިވި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް ޖަޔަޝަންކަރުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ވެރިން ތިއްބެވީ އައްޑޫގައެވެ.
ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުވައްމުލަކާއި އައްޑުއަށް ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގަވެ. އަދި މިއަދު ރައީސް ވަނީ، އިންޑިއާގެ އެހީގައި އައްޑޫގައި އިމާރާތްކުރި ޕޮލިސް ކޮލެޖު ހުޅުވައިދެއްވައިފައެވެ.