27 Mar 2022, 08:19
ފަޅޮލަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ޒަރޫރީ މާއްދާތައް ހަށިގަނޑަށް ލިއްބައިދޭ ފައިދާހުރި މޭވާއެކެވެ.
ރާއްޖޭގެ ދަނޑުތަކުން ގިނަ އަދަކަށް ފެންނަ ފަޅޮލަކީ، ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. ފަޅޮލުގައިވާ ވިޓަމިން އޭގެ ސަބަބުން ހަންގަނޑު އަލިވެ، ޒުވާންކަން ގެނެސްދެއެވެ. ހަމަ މިއާއެކު މި މާއްދާގެ ސަބަބުން އިސްތަށިގަނޑުވެސް ވަރުގަދަވެ، ރީތިވެގެން ދެއެެވެ.
ގުދުރަތީ ގޮތުން ހަންގަނޑުގައިވާ ލަކުނުތައް ފިލުވައިދޭ ފަޅޮލުގައިވާ އެންޒައިމްތަކުގެ އެހީގައި މޫނުގައިވާ، މަރުވެފައިވާ ސެލްތައް ނައްްތާލަދެއެވެ. މިކަމުގެ ސަބަބުން ހަންގަނޑު އޮމާންވެ، އަލިވެގެންދެއެވެ.
މީގެ އިތުރުން ފަޅޮލުގައި ބީޓާ ކެރޮޓީން އާއި ޕްލާންޓް ކޮމްޕައުންޑްތައް ގިނަ އަދަދަކަށް އެކުލެވުމުގެ ސަބަބުން، ހަންގަނޑު އިތުރަށް އުޖާލާވެގެންދެއެވެ. އަދި ހިކި، ކުރަކިވެފައިވަ ހަންގަނޑަށް ފަރުވާ ލިއްބައިދޭ ފަޅޮލަކީ އެންޓިއޮކްސިޑެންޓްތަކާއި އެންޒައިމްތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.
ޒަމާނުންސުރެ ހަންގަނޑުގައިވާ ލަކުނުތަކާއި، ހަންގަނޑު އެނދުންފަަދަ ކަންކަމުން ދުރުހެލިކޮށްދޭ ފަޅޮލަކީ އެންޒައިމް ޕެޕޭން އެކުލެވޭ މޭވާއެކެވެ. މި މާއްދާގެ ސަބަބުން މޫނުގައިވާ ނުސާފު އެއްޗެހި ފިލުވައިދެއެވެ. އަދި ފަޅޯ ޗަސްކުރުމަށް ފަހު މޫނުގައި އުނގުޅުމުން އެކްޒީމާ އަދި ހިރުވުން ހުއްޓުވައިދެއެވެ.
ފަޅޮލުގެ ސަބަބުން އިސްތަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި ހަންފޮޮޅުން ހުއްޓުވައިދިނުން ހިމެނެއެވެ. ބޮލުގައި ހަންފޮޅުމަށް މެދުވެރިވާ ސަަބަބަކީ ބޮލުގައި ފަންގަސް އުފެދުމެވެ.
ބޮލުގައި ހަންފޮޅުމުގެ ސަބަބުން ބޯ ހިރުވުން، ބޯ ހިކުން ފަދަ ކަންކަން ދިމާވެއެވެ. ނަމަވެސް ފަޅޮލުގައިވާ ބީ ކޮމްޕްލެކްސް ވިޓަމިންސް، ލައިކޯޕީން، ފްލޭވޮނޮއިޑް އެންޓިއޮކްސިޑެންޓްސްގެ ސަބަބުން އެފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.
ފޯލިކް އެސިޑް އަދި އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާ ފަޅޮލަކީ ހެއާ ފޮލިކަލްތަކަށް ލޭ، އޮކްސިޖަން އަދި ނިއުޓްރިއެންޓްސް ދައުރުވުން އިތުރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި އިސްތަށިގަނޑު ހެދިބޮޑުވުމަށް އެހީތެރިވެދޭ މޭވާއެކެވެ. މީގެ އިތުރުން، ފަޅޯގައިވާ އެންޓިމައިކްރޯބިއަލް ޕްރޮޕަޓީސްގެ ސަބަބުން އެތައް އިންފެކްޝަނަކުން ދުރުހެލިކޮށްދެއެވެ.