މިދިޔަ ހޯމަ ދުވަހު ކ. ގާފަރު ގެސްޓް ހައުސްއެއްގެ ތެރެއިން ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނާޖިލާ ލުތުފީގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް އަދި ނެތްކަމަށް ފުލުހުން ބުނެފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ކުރި ތަހުގީގުން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހުރިކަމަށް އަދި ފާހަގަވެފައިނުވާ ކަމަށެވެ.

"ފުލުހުން މި އަންނަނީ އެ މައްސަލަ ތަހުޤީޤުކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.

ގާފަރު ގެސްޓް ހައުސްއަކުން މަރުވެފައި އޮއްވާ ފެނުން ނާޖިލާއަކީ އއ. ބޮޑުފޮޅަދުއަށް ނިސްބަތްވާ ޒުވާނެކެވެ. މީގެ ކުރިން ގާފަރުން "ސަން" އަށް މައުލުމާތު ދިން މީހަކު ބުނީ އޭނާ ގާފަރަށް ގޮސް އުޅުނީ އެކަނި ކަމަށާއި މީހަކާއެކު އެއްގޮތަކަށް ވެސް ފެނިފައި ނުވާކަމަށެވެ.